ދައްނަވަން މިއުޅޭ ވާހަކަ އަކީ އަޅުގަނޑުމެންގެ ލޯބިވާ މި އުފަން އުފާވެރި ފަސްގަނޑު ކަމުގައިވާ ދިވެހި ރާއްޖޭގައިވެސް މި ބަލި ހަލުވި ކަމާއެކު ފެތުރިގެން ދިޔަކަމެވެ. އާދޭހާ އާހާ ވޭނުގެ އަޑު އަހަން މިޔަދު އަހަރުމެން ބޭނުން ނުވިޔަސް މި އަޑުތަށް އެހުމަށް އަހަރުމެންނަށް މިވަނީ މަޖުބޫރުވެފައެވެ. ވެންޓިލޭޓަރުތަކަށްށާއި، އެނދުތަކަށް ކުޅަދާނަ ނުވާ ވަރަށް އެތަށް ބަޔަކު މި ބަލީގެ ޝިކާރައަކަށް ވެއްޖެއެވެ. ކުރީސަފުގައި ހަރަކާތްތެރިވާ ޑޮކްޓރުން ނާއި ނަރުހުން އަދި އެހެން ބޭފުޅުންވެސް ގޮތް ހުސްވެއްޖެއެވެ. ރެއާއި ދުވާލު އެ މީހުންގެ އަތުކުރި އޮޅައިލައިގެން ނިންޖެއް އަރާމެއްނެތި އެއްބަޑު ކަމުގެ ލޭނުހިގާ އެހެންނަމަވެސް އިންސާނިއްޔަތު ކަމުގެ ސަބަބުން މޭ އަނޑަނަޔަކަށް ހަދައިގެން އެތަށް ބަޔެއްގެ ރައްކާތެރިކަމަށްޓަކައި މިޔަދު ކުރީސްފުގައި ހަރަކާތް ތެރިވަމުންދާ އަހަރުމެންގެ “ސުޕަރ ހީރޯއިންނަށް” ހަމަ ސާބަހެވެ. އެބޭފުޅުން ގެ ބުރަމަސައްކަތުންނާއި ރައްޔިތުންގެ ފުރިހަމަ އެއްބާރު ލުމާ އެކު ބަލި ކޮން ޓްރޯލް ކުރެވުނެއެވެ. ނަމަވެސް ނަތީޖާ އަކަށް ވި ބޮޑެތި ލުއިތަށް ދެވެންފޭށުމާއި އެކު ގައިޑްލައިންސްތަކާ ޙިލާފުވާ މީހުން ގިނަވުމެވެ. ކޮވިޑް ނެތިގެން ދިޔައީ ކަމަށް ގިނަ ބަޔަކަށް ހީވުމެވެ.
މި ހުރިހާ ކަމެއްގެ ނޭދެވޭ އަސަރު ވަރަށް އަވަހަށް އަނެއްކާވެސް ކުރައްފެށީ ބަސްބުނާ ހާ ކުޑަ ހިނދު ކޮޅެއްގައެވެ. ދާދި ފަހަކަށް އައިސް ކޮވިޑްގެ ނުރައްކާތެރި ބަލި އަނެއްކާވެސް ކޮންޓްރޯލް ކުރަން އުދަގޫ ވަރަށް ރާއްޖޭގައި ފެތުރިގެން ދިޔުމަކީ އަހަރުމެންގެ ތެރެއިން ކޮންމެ މީހެއެއްގެ ހިތުގައި އަނެއްކާވެސް ނުރައްކާތެރިކަމުގެ ބޮޑު ބާނިއެއް އުފައްދާލި ކަމެކެވެ. މި ހާސްކަމުގެ ތެރޭގައި ވަނިކޮށް ދެއްއަނެއްކާވެސް ކުރިމަތި ލާން ޖެހުނީ އިތުރު ހާސްކަމަކާއި ހިތްދަތި ކަމަކާއެވެ. އެއްވެސް ކުށެއްނެތް މައުސޫމު ފުރާނަތަށް ލޯމަތިން ގެއްލި ދާއިރު ހަމަ ހިމާނުން އޮންނާނީ ކޮން ހިތެއްތޯއެވެ؟ ކޮންމެ ދުވަހަކު އެތައް ފުރާނަތަކެއް މި ދުނިޔެއާ އަލްވަދާއު ކިޔުމަށް ފަހު ލޯމަރާލަނީ އެތަށް ބައެއްގެ ލޯތަށް ފެންކަޅި ކޮންލާފެއެވެ.އެތަށް ހަނދާ ތަކަކާއި އެތަށް ފިލާވަޅުތަކެއް ދަސްކޮށް ދީފައެވެ. މާދަމާ އަކީ އަހަރެންގެ ދުވަސް ކަން ނޭގޭ ހާލު މި ބިރުވެރި ކަމުގެ ތެރޭގައި ފީނަށް ޖެހިފައިވާ އެތަށް ބައިވަރު ފުރާނަތެކެވެ. އޭބައްޕާއެވެ. އަހަރެން ދޫކޮށް ނުދައްޗެވެ. އޭމަންމާއެވެ. އަހަރެންނަށް އަދި ތި އަތުގެ ފިރުމުމާ އަޅާލުން ދޭން އަހަރެން ގެ ކައިރީގައި ހުރެދޭށެވެ. އެހެން ނަމަވެސް މި ބައްޔާ ހަނގުރާމަ ކުރަމުން، މަރާ ހަނގުރާމަކޮން މިތަން ދޫކޮށް ދަނީ ކިތައްބައްޕައިން އަދި މަންމަ އިން ހެއްޔެވެ؟
އޭ އިންސާނާއެވެ. ނިކަން ވިސްނާ ފިކުރުކޮށްލާށެވެ. ﷲ ސުބަޙާނަހޫ ވަތަޢާލާ ބިމުގައި އުފެއްދެވި އެކުޑަކުޑަ މަޙުލޫގެ ސަބަބުން ތިބާގެ ނިކަމެތިކަން މިޔަދު ހާމައެއްޖެއެވެ. މި ހުރިހާ އިބްރަތުން ފުރިގެންވީ ފިލާވަޅުތަކުން ޢިބްރަތް ޙާލިސްކޮށް ﷲ އަށްޓަކައި ބިރުވެތިވެ އެކަލާން ގެ ދަރުބާރުގައި ސަޖިދަކޮށް ނަމާދު ކޮށްލީ ތިޔައިގެ ތެރެއިން ކިތައް މީހުން ބާވެއެވެ؟ މާދަމާ ވެސް ލޯމަރާލަން ޖެހިދާނެކަމަށް ޓަކައި އާހީރަތަށް ވީ ފޮށިމަތި ހެޔޮޢަމަލުން ބަރާ ކުރީ ތިޔައިގެ ތެރެއިން ކިތައް މީހުން ބާއެވެ؟
ދައްނަވަން މިއުޅޭވާހަކަ އަކީ މިއީ އެކަލާންގެއަށް ގިނަ ގިނައި ދުޢާ ކޮށް މިވަބާއިން ސަލާމަތް ވުމަށް އެދި ދައްނަވަން ވީ ވަގުތެވެ. ކިބުވެރިކަމާ ބޮޑައިކަމުން ތިބާ ގެ ހިތް ނުފުރާށެވެ. މިއަދު މިހާމަ ކޮށްދެނީ އާރާ ބާރު ހުރި ނަމަވެސް ﷲ އެމީހެއްގެ އަޖަލު ލިޔުންވާފައިވާ ގޮތަކަށް އެމީހާ ގެންދަވާނެކަމެވެ. އަދިވެސް މާލަހެއްނުވެއެވެ. ﷲ އަށް ދުޢާ ދައްނަވާށެވެ. ޖަމާޢަތްތަށް ފުރާލާ އެކަލާންގެ ހަޒުރަތުގައި އަޅަމެން މި ވަބާއިން ސަލާމަތް ކޮށްދެއްވާތޯ ދުޢާކުރާށެވެ. ބަންގީގެ އުފާވެރި އަޑުން ތިޔަބައި މީހުން އުފާ ވެރިކަން ހޯދާށެވެ.
އަޅުގަނޑުގެ ދުޢާ އަކީ ކޮވިޑް ބަލީގައި ނިޔާވި ހުރިހާ މަރްޙޫމުންގެ ފާފަ ފުއްސަވާ ހޮޔޮ ރަޙްމަތް ލެއްވުމެވެ. އަދި އެބައި މީހުންގެ އާއިލާ ތަކަށް ކެތްތެރިކަން ދެއްވުމެވެ. އަދި މި ވަބާއިން އަހަރުމެން ސަލާމަތް ކޮންދެއްވުމެވެ. އާމީން.
This is a test comment
ok